ކުޅިވަރަަކީ ދިވެހިންގެ ހިތްތަކާ ވަރަަތް ގާތް އެއްޗެކެވެ. ދިވެހި ކުދިން ކުޑަ އިރުން ފަށައިގެން ސްކޫލް މުބާރާތްތަކުގައި ބައިވެރިކޮށް ހަދަ އެވެ. ސްކޫލް ދައުރުގައި އިންޓަ ކްލާސް މުބާރާތްތައް ކުޅެ އެމީހުންގެ ބުންވަަރާއި ފަންވަރު ދައްކާލައިގެން ގައުމީ ޓީމުން ޖާގަ ހޯދާ މުޅި ރާއްޖެ ފަަހުރުވެރިވާ ވަރުގެ އެތައް ކުދިންނެއް މި ގައުމުގައި އުފަން ކޮށްފި އެވެ. ކުޅިިވަރުގެ މައިދާނުގައި މި އޮންނަ ފޯރި އާ އެއްވަަރަށް އެ ކުދިންގެ މެދުގައިވެސް ހަމަ އާދައިގެ ގޮތަކަށް ވޯޓާ ބްރޭކް ތަކުގައިހެން ދެކެވޭ ވާހަކަ އެއް އޮވެ އެވެެ. ކުޑަވަރެއްގެ ޝަކުވާއެއްގެ ރާގުގަ އެވެ. ބެލެނިވެރިންވެސް މި ޝަކުވާ ލަވައިގައި ބައިވެރިވާ ފަހަރުތައް އާދެ އެވެ. ކިޔަނީ މިހެނެވެ --
މެޗެއް ކުޅެ ނިިންމާފައި ފަހުން ބަލާލާކަށް އޭގެ ވީޑިއޯ އެއް ނޯވެ އެެވެ. ރަށުގައި ތިބޭ މީހުންނަށް ވީޑިއޯ ފޮނުވޭ ގޮތެއް ނޯވެ އެވެ. މިއީ ފޯނާއި ކެމެރާގެ ޑިޖިޓަލް ޒަމާނެވެ. އެއް އަަތުން ފޯނު ހިފައިގެން އަަނެއް އަތުން ދަރިފުޅަށް ސަޕޯޓް ކުރާނީ ކިހިނެއް ހެއްޔެވެ؟ ފޯނުން ވީޑިއޯ ނުކުރެވޭ އިރު އަދި ހާލަތު މާ ގޯހެވެ. ހުރިހާ މެޗެއް ފަހުން ބަލާލާނަމަ އެ ބަލާނެ ގޮތެއް ކޯޗުންނަކަށް ވެސް ނޯވެ އެވެ. ހައްތަހާވެސް ބެލެނިވެރިންގެ ޝަކުވާ އެވެ. ހިތާމައާއެކު ކުޅުންތެރިން ވެސް ކުރާ ޝަކުވާ މިފަދަ އެވެ.
ބެލެނިވެރިންނާއި ކުޅުންތެރިން ކުރި މި ޝަކުވާތަކަށް ނިމުމެއް ގެނައީ ހަމަ މިކަހަލަ ޝަކުވާތައް އޭނާގެ ޒުވާން އުމުރުގައި ބަންޑުން ކުރި ކުއްޖެކެވެ. އަހުމަދު އަދުހަމް އަކީވެސް ކުުޅިވަރު ކޯޓަކަށް އުފަންވި ކުއްޖެކެވެ. ޅަ އުމުރުގެ ބޮޑު ބައެއް ކުޅިވަރަށް ގޮސް ހުސްކޮށްލި އެވެ. ބާސްކެޓާއި އެތްލެޓިކްސްގެ ކޯޓާއި ޓްރެކްް ދަނޑުމަތިން ހުއްޓުމެއް ނެތި ދެކޮޅު ދެކޮޅަށް ދުވީ އަޒުމެއްގަ އެވެ. ބޭރު ގައުމަކަށް ގޮސް ތަމްރީނުވެގެން ރާއްޖެ ފަަހުރުވެރި ކޮށްދޭށެވެ. އަދުހަމްގެ ޝަކުވާ ބޮނޑި އޮއްސާލަނީ މިހިސާބުންނެވެ.
ގައުމީ ފެންވަރުގެ ބަލައިގަންނަ ބާސްކެޓް ކުޅުންތެރިއަަކަށް ވުމަށް ބޭރު ގައުމަކަށް ޓްރެއިނިންގް އަަށް ހުށަހަޅަން ބެލި އިރު އަދުހަމް ކުޅެފައި ހުރި އެއްވެސް މުބާރާތެއްގެ ވީޑިއޯ އެއް ކީއްކުރަަން ފޮޓޯ ގަނޑެއްހާ ހިސާބުވެސް އެއްވެސް އާކައިވް އެއްގައި ނެތެވެ. ރާއްޖޭގެ އެއްޗެތި ރައްކާ ކުރާ ބޮޑު "އާކައިވް" އިން ލިބޭ ގޮތެއް ވެސް ނުވި އެވެ.
އޭރު އަަތުގައި ހުރި ފުސް ފޮޓޯގަނޑުތައް ފޮނުވައިގެން ބޭރު ގައުމުތަކުގެ ބޮޑެތި ޓްރެއިނިންގް އެކަޑަމީތަކުން އަދުހަމް އަށް ބުނާނީ ވަރުގަދަ ނޫނެކޭ އެއްކަން އެނގުމުން ދެން ހެދީ މާ މޮޅު ގޮތެކެވެ. މި ނިންމުން އޭނާގެ ދިރިއުޅުން ނަގާ ކޮޅަށް ޖެހި އެވެ.
"ގޮތް ހުސްވެގެން ހަމަ އެދުވަހު ހިތައް އެރީ ދެން ވީޑިއޯ އެއް އެއްޗެއް ނެތިއްޔާ އަމިއްލަ އަށް ނަގާނިއްޔޭ. ދެން އެ ނުނަގަ ނެތް ވިއްޔަ ދެވޭކަށް. އަދުހަމް އަތުގަ އޭރު އޮންނާނެ އާދައިގެ ފޯނެއް. އޭތި ދީފަ ބަހައްޓަނީ ރައްޓެއްސެއް އަތަށް. ދެން މުޅި މެޗު ނިމެންދެން އޭނަ ހުންނާނެ ދެކޮޅު ދެކޮޅަށް އެނބުރި ވީޑިއޯ ކުރަން"
އަދުހަމް ބާސްކެޓް ކުޅުނު ވީޑިއޯ ނަގައިގެން އިންޓަނޭޝަނަލީ ޓްރެއިން ވުމަށް އޭނާ އެއަހަރު ދިއައީ ސްޕެއިން އަށެވެ. ސްޕެއިންގައި ތިން މަހުގެ ޓްްރެއިނިންގް އެއް ހެދުމަށްފަހު ބާސްކެޓް ބޯޅައިގައި ބައްދައިގަތް ގޮތަށް އަދިވެސް ދޫ ނުކުރެ އެވެ. ބާސްކެޓުގެ އެންމެ މަތިން ޝޫޓު ކުރި އެވެ. މިހާރު އަދުހަމް އަކީ ބާސްކެޓު ކޯޓުގައި އެންމެން ދަަންނަ މީހެކެވެ. އޭނާގެ ނަން އޭނާ ފެވި އެވެ.
ނަމަވެސް، އެދުވަހު އަމިއްލަ އަށް ކުރި ވީޑިއޯ އިން އަދުހަމް އަަށް ވިސްނުނީ މުޅިން އެހެން ވާހަކަ އެކެވެ. މިކަހަލަ ކިތައް އަަދުހަމް އެއް ހުންނާނެ ހެއްޔެވެ. ހިތްވަރާއި ބުންވަރު އެބަ ހުއްޓެވެ. ފުރުސަތުތައް ވަނީ ފުސްވެފަ އެވެ. ވީޑިއޯ އެއްގެ ސަބަބުން ރަނގަޅު ތަމްރީނު ހޯދުމަށް ކޮންމެވެސް ވަރަކަށް އެބަ ހުރަސް އެޅޭކަން އެނގުނެވެ. އެ ކުދިންގެ އަތުގައި ބާރަށް ހިފައި ހުވަފެންތައް ހަގީގަތަކަށް ހަދައިދިިނުމަށް އަދުހަމް ދުއްވައިގަަތީ ކުޑަ ކެމެރާ އެއްގެ އެހީގަ އެވެ. ހާފްކޯޓުގެ ފައުންޑާ އަދުހަމް ވީޑިއޯ އިން ދައްކައިދެނީ ފުލްކޯޓެއެވެ.
ފަހަރަކު މެޗެއް ވީޑިއޯ ކުރަމުން ފޭސްބުކް މެދުވެރިކޮށް ލައިވްސްޓްރީމް ވެސް ކުރި އެވެ. ޔޫޓިއުބް ޗެނަލެއް ވެސް ހެދި އެވެ ރަށުގައި ހުރި ދައްތަ އާއި ބޭބެއަށް ވެސް އެކުއްޖާ ސްކޫލް މުބާރާތުގައި ކުޅޭ މެޗު ފޭސްބުކް މެދުވެރިކޮށް ދައްކައި ދިނެވެ. ރަށު ޓީމް މާލޭގައި ކުޅޭތަން އަވައްޓެރި އެންމެންވެސް ބެލީ ސްކޫލް ހޯލުގައި އެންމެން އެއްވެ ތިބެ އެވެ. ކިހާ އުފާވެރި ހެއްޔެވެ؟
"ހުންނާނެ ފޭސްބުކްގައި ކޮމެންޓް ކޮށްލާފަ، ޔެލޯ ބޫޓަށް އަރައިިގެން އެހެރީ އަހަރެންގެ ދަަރިފުޅޭ. ނޫނީ ޕޭޖުުގައި ހުރި ކުއްޖެއްގެ ފޮޓޯ އަކަށް ހުރެދާނެ އެ އާއިލާ އެންމެންހެން ކޮމެންޓް ކޮށްފަ. ހާދަ މޮޅޭ އެއީ މިވެނި މީހެއްގެ ދަރިފުޅު ދޯ އޭ .. ކުޑަކުޑަ ކުދިން މެޗު ނިންމާފަައި އަމިއްލަ އަށް ކުޅެފައި ހުންނަ ވީޑިއޯ ބަލަން ހުންނަ އިރު ހަމަ ވަރަށް އުފާވެ.. އަހަރެންވެސް ހިތައް އަރާ އަހަރެން ޒުވާން އިރުގެ ޓޯނަމެންޓުތައް، އެންމެ މެޗެއް ވިޔަސް މިހާރު ފެންނަ ނަމައޭ. އޭރު ވީޑިއޯ ކުރާނެ ގޮތެއް ނެތަސް، ކޮންމެވެސް ބަޔަކު މިކަން ކުރި ނަމަ ހަމަ ކުރެވުނިިސް"
އަދުހަމް އަަމިއްލަ އަށް ހެދި ކުޑަ ވީޑިއޯ އިން އޭނާ ވަނީ މިހާރު ކުޑަ ވިޔަފާރި އެއް ފަށާފަ އެވެ. ކުންފުނީގެ ފައުންޑާ އަދުހަމް އާއެކު 25 މީހުން ހިމަނައިގެން ބެލެނިވެރިންގެ ހިތްތައް ފުރައިދިނީ "ހާފް ކޯޓު" އެވެ. އެ މީހުންގެ ވީޑިއޯއާއި ފޮޓޯތަކުން މެޗުގެ "ފުލް ކޯޓު" ދައްކައިދެނީ ހެޔޮ އަގެއްގަ އެވެ. ގިނަފަހަރަށް މެޗުތައް ނަގަނީ ބެލެނިވެރިންގެ އެދުމުގެ މަތިންނެވެ. އާ ކެމެރާ ތަކާއި އިކުއިޕްމަންޓުތައް ހޯދައިގެން ރަށް ރަށުގެ މުބާރާތްތައް ވެސް ނަގާ މުޅި ރާއްޖޭގެ ކުޅިވަރުތައް ވީޑިއޯއިން ހިސޯރު ކުރަން ފަށައިފި އެވެ.
" ޕޭރެންްޓުންގެ ގްރޫޕް ގްރޫޕް އަައިސް ބުނެލަފާނެ ހަމަ އެކުދިންގެ އިންޓަ ސްކޫލް ޓޯނަމެންޓް ނަގައިދީބަލާށޭ. ދެން ކުއްޖަކަށް އަސްލު 50 ރުފިޔާ ވެސް ނުޖެހޭނެ އަހަރުމެންގެ އަގުގައި..އަހަންނަކަށް ނުކެރޭނެ ބެލެނިވެރިއެއްގެ އަތުން ފަސް ހާހުން ދިހަ ހާހުން ޓޯނަމަންޓެއް ނަގަައިދެވޭނޭ ބުނާކަށް. އެއީ މިކަން މި ކުރަނީ އަހަންނަށް ފައިދާ އަކަށް ނުވަތަ މި ކުންފުންޏަށް ޕްރޮފިޓް އެއް ހޯދާ މޮޅު ނަން ހޯދާކަން ނޫން. އަހަރެން ކުޑަ އިރު ކުރި ސްޓްރަގްލް މިހާރުގެ ކުދިން ކުރިޔަ ނުދޭން. ހަމަ ޔަގީނުންވެސް އެމީހުން ބޮޑުވާއިރު ފެންނާނެ ރަނގަޅު އާކައިވް އެއް ހެދޭތޯ މި ބަލަނީ" އަދުހަމް ބުންޏެވެ.
"އެއް ފަހަރު ދިމާވި ބެލެނިވެރިއަކާ އޭނަަ ބުނީ އޭނަ އަކީ އޭނަ ދަރި އެންމެ ކުޑައިރުވެސް ފުޓުބޯޅަ ކުޅުން އިރު މެޗުތައް ވީޑިއޯ ކުރާ މީހެކޭ. އެއްވެސް މެޗެއް ނުވައްޓާލަ އޭނަ ވީޑިއޯ ކުރަމުން އައީ. މިހާރު އެކުއްޖާ ބޮޑު ވެއްޖެ. އެކަމަކު އަަދިވެސް އެކުއްޖާ ކުޅޭތީ މެޗު ބަލަންދޭ. އެކަމަކު މިހާރު އެ މަންމަ އިންނަނީ ގޮނޑިބަރީގަ ހަމަ ޖެހިލައިގެން މެޗު ބަލަން. ވީޑިއޯ ކޮށްދެނީ އަަހަރުމެންް. ކިހާ ބޮޑުު ލުޔެއް މި ދެވުނީ"
ހާފް ކޯޓުން ގަނޑުކޮށް މި އެއްކުރާ ވީޑިއޯތައް ވަރަށް އަަވަހަށް ވެބްސައިޓެއް މެދުވެރިކޮށް ދައްކާލާނެ އެވެ. ބެލެނިވެރިންނާއި ކުޅުންތެރިންނަށްވެސް މިއީ ހިތްހަމަ ޖެހުމެކެވެ. ކުޅިވަރުގެ މައިދާނުގައި މި މުބާރަތްތައް ފަހަށް ރަައްކާ ކުރެވިިިއްޖެ ކަމުގައި ވާނަމަ އޭގެން ފައިދާ ކުރާނެ އެވެ.
ކުޅިވަރުގަ ކުރިމަގެއް ނެތި ހިތް މަރާލައިގެން ތިބޭ މީހުންނަށް އަދުހަމް ބުނަނީ މިހެނެވެ. "އަހަރުމެން މި ހޯދަދެނީ ކުރި އެރުމަށް ޕާތު (ރާސްތާ) އެކެވެ" ކުރިއަށް ދާންވީ އެވެ.