ހަބަރު

ވޯޓަކާ ނުލައި ކޮންގްރެސް ޕާޓީގެ ރައީސަކަށް އަދުރޭ ހޮވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށްފި އެވެ.

ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލުގައި މިއަދު މެންދުރު ފަހު ފެށި ކޮންގްރެސް ޕާޓީގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމަށް އަބްދުއްރަހީމް ހޮވާފައި ވަނީ ވޯޓަކާ ނުލަ އެވެ. އެއީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ. މިހާތަނަށް ވަގުތީ ރައީސް ކަމުގައި ހުންނެވީ ވެސް އަބްދުއް ރަހީމެވެ.

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ކޮންގްރެސް ޕާޓީގެ ރައީސް ކަމަށް އަބްދުއްރަހީމް ހޮވި އިރު އެ ޕާޓީގެ އެހެން މަގާމުތަކަށް ދާއިމީ ބޭފުޅުން އިންތިހާބު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދެއެވެ.