ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަމަށް ހަތަރު ބޭފުޅަކު އެ ޕާޓީގެ ކޮންގްރެސް އިން މިރޭ އިންތިހާބުކޮށްފި އެވެ.
ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލުގައި މިއަދާއި މިރޭ ބޭއްވި ޕީއެންސީގެ ކޮންގްރަސްގައި އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރީ އެ ޕާޓީއާ އަލަށް ގުޅިވަޑައިގަތް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އެވެ.
ނައިބު ރައީސް ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް ވެސް ވާދަ ކުރެއްވި އެވެ. ނަމަވެސް އޭނާއަށް އެކަށީގެންވާ މިންވަރަށް ވޯޓް ލިބި ވަޑައެއް ނުގެންނެވި އެވެ.
ނައިބު ރައީސް ކަމަށް އިންތިހާބުވި ނިހާނަށް 126 ވޯޓު ލިބިވަޑައިގެންނެވި އިރު ސައީދަށް ލިބިވަޑައިގަތީ 120 ވޯޓެވެ. އަދި ސުޖާއުއަށް 122 ވޯޓު ލިބިވަޑައިގަތް އިރު މުންދުއަށް ވެސް ލިބިވަޑައިގަތީ 122 ވޯޓެވެ. ނިމާލަށް ލިބިވަޑައިގަތީ 39 ވޯޓެވެ.
ކޮންގްރެސް ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ ދަށުން އަބްދުއްރަހީމް އަބްދުﷲ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ ރައީސް ކަމަށް ވެސް މިއަދު ހޮވާފައި ވަނީ އޭނާ އެވެ. އޭނާ އިންތިހާބު ކުރީ ވޯޓަކާ ނުލައި ޑިފޯލްޓުންނެވެ.