މިފްކޯ

އިނާމުތަކާއެކު "ފަސްމީރު ރޯދަ ބައިވެރިޔާ" މާދަމާ ފަށަނީ

Apr 26, 2019

ރޯދަމަހަށް ޚާއްސަ ކޮށްގެން މިފްކޯއިން ކުރިއަށް ގެންދާ "ފަސްމީރު ރޯދަ ބައިވެރިޔާ" ޕްރޮމޯޝަން މާދަމާ ފަށަން ނިންމައިފި އެވެ.

މިފްކޯއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ 48 ދަޅުގެ ތެޔޮ މަސްކޭހެއް ގަތުމުން ކަމަށާއި 48 ދަޅުގެ ތެޔޮ މަސްކޭހަކަށް ނަސީބު ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން ޖޫން ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާލެ އާއި ހުޅުމާލެ ގައި ހުންނަ މިފްކޯ މަސްފިހާރަ ތަކުގަ އެވެ. މިއިން ކޮންމެ ފިހާރައަކުންވެސް ކޫޕަން ބަލައި ގަންނާނެ އެވެ.

ނަސީބުވެރިންނަށް ދެވޭ އިނާމު

1 - އުމްރާ ދަތުރެއް
2 - ތައިލޭންޑް ދަތުރެއް (އެކެއްގެ ދެކޮޅު ޓިކެޓް، ހުރުމާއި އެކު)
3 - އެއް އަހަރު ދުވަހަށް ބޭނުންވާނެ މަސް ކޭސް