ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ އިސްތިއުނާފު ޝަރީއަތެއް މާދަމާ

Apr 27, 2019
3

ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އިސްތިއުނާފު އަޑު އެހުމެއް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފި އެވެ.

ޝަރީއަތުގެ މި މަޖިލިސް މާދަމާ ސުޕްރީމް ކޯޓްގައި ފަށާނީ މެންދުރު ފަހު 1:15 އިގައެވެ. މިއީ އަދީބު ފިސްތޯލައެއް ގެންގުއްވި މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރުމުން އޭނާގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ވެއްދި އިލްތިމާސްގެ މައްސަލަ އެވެ.

ފިސްތޯލައެއް ގެންގުޅުއްވި ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖޫން 5، 2016 ގައެެވެ.

ފިސްތޯލަ ގެންގުޅުއްވި މައްސަލާގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާގައި 2015 ވަނަ އަހަރުގެ މޭޑޭގެ ކުރީ ދުވަހު އެ މަނިކފާނު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ޝަރީއަތުގައި ހެކިން ހެކި ބަސް ދިނެވެ. އަދި އޭގެ ފަހުން އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށް ހެކި ބަސް ދިނެވެ.