ހުޅުމާލެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Apr 28, 2019
3

ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 6:45 އެހާ ކަންހާއިރު މި އެކްސިޑެންޓް ހިނގީ އެ ރަށުގު ހުވަނދު މާކެޓް ގޯޅިން ނުކުތް ކާރެއް ސައިކަލެއްގައި ޖެހިގެނެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވީ އެ ރަށުގެ ބޮޑު މަގުގެ އިރުން ހުޅަނގަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން އަންހެނަކު ވެއްޓި އޭނާގެ ވާތު ފައިގެ ކުޑަހުޅާ ކައިރިން ދެ ތަނެއް ކަފައިގެން ގޮސް ޒަހަމްވެފައިވާއިރު އެހެން ބައެއް ކުދި ކުދި އަނިޔާތައް ވެސް ވިއެވެ.

އޭނާ އަށް ހުޅުމާލާގެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އިއްޔެވެސް ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެފައި ވެއެވެ.