ހަބަރު

ވީމިޑިއާގެ މެދުވެރިކޮށް ކޭޕާކުން ހައްޖު ދަތުރެއް ދެނީ

Apr 28, 2019
1

ވީމީޑިއާއިން ރޯދަ މަހު ހުށަހަޅާ އިނާމުތަކުގެ ބޮޑު އިނާމަކަށް ކޭޕާކް ރެސިޑެންސުން ދޭ ހައްޖު ދަތުރެއް ހިމަނައިފި އެވެ. ހައްޖު ދަތުރުގެ އެއްބަސްވުމުގައި ކޭޕާކްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން މަމްދޫހެވެ. ވީމީޑިއާއިން އެތާނގެ ސީއޯއޯ އެވެ.

ކޭ ޕާކަކީ އެންމެ މަތީ ފެންވަރުގައި ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭގައި ކޮރެއަން ސްޓައިލަށް ތަރަގީ ކުރާ 14 ބުރީގެ ލަގްޒަރީ އެޕާޓްމަންޓް އިމާރާތެކެވެ.

ކޭޕާކުން ދޭ ހައްޖު ދަތުރުގެ އިނާމު ލިބޭނީ ރޯދަ މަހު ވީމީޑިއާގެ ވީޓީވީން ދައްކާ ޕްރޮގްރާމްތަކަށް ތެރޭގައި އެސްއެމްއެސްކޮށްގެން ގުރުއަތުން ކަނޑައެޅޭ ނަސީބުވެރިއަކަށެވެ.

މި ހައްޖު ދަތުރު ހޯދަން އެސްއެމްއެސް ކުރުމުގެ ފުރުސަތު ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލައި ތަފުސީލް އާންމު ކުރާނެ އެވެ. ހައްޖު ދަތުރުގެ ނަސީބުވެރިޔާ ގުރުއަތު ނެގުން އޮންނާނީ އީދު ބަންދު ތެރޭގަ އެވެ.

ކޭޕާކްގެ ބައެއް މައުލޫމާތު

  • އިމާރާތުގައި: 14 ފަންގިފިލާ
  • 110 އެޕާޓްމަންޓް ހުންނާނެ
  • ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް
  • ކޭޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓް
  • މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގައި
  • އެންމެ ތިރީ ބުރި ޕާކިންއަށް ހާއްސަ ވާނެ
  • ކާރު ޕާކް ކުރުމަށް ޖާގަ ގަނެވޭނެ
  • ފުރަތަމަ ދެ ބުރި ކޮމާޝަލް އެކްޓިވިޓީތަކަށް

ލިވިން އެކްސްޕީގައި ވެސް ދައްކާލި ކޭޕާކަކީ ރާއްޖެއަށް މުޅީން އާ ޔުނީކް ފީޗާތައް ހިމަނާފައިވާ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންގެކެވެ. ރާއްޖެއަށް މުޅިން އާ މި މޮޑެލްގެ ފަރުމާގައި ޖާގައިގެ ތަނަވަސް ކަމަށް ވަރަށް ބޮޑަށް އިސްކަން ދީފައިވެ އެވެ. ކޮރެއާގައި އުފައްދާ ތަކެތީން ސެމީ ފާނިޝްކޮށްފައި ދޭ އެޕާޓަމްންޓްތަކުގެ މޮކަޕް ދެ އެޕާޓްމަންޓްތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

  • ޓެރަސްގައި ސްވިމިން ޕޫލާއެކު އިވެންޓް ސްޕޭސް
  • ޑޭ ކެއާ ސެންޓަރުތަކާއި ޖިމްތައް ހުންނާނެ
  • ކޮރެއަން ސްޓައިލްގެ ފްރެންޗައިސް ރެސްޓޯރެންޓެއް
  • އެޕާޓްމަންޓެއްގެ އަގު ތިން މިލިއަނާއި ހަ މިލިއަނާ ދެމެދު
  • ބީއެމްއެލް މެދުވެރިކޮށް ފައިސާ ދެއްކޭނެ
  • އެޕާޓްމެންޓްތައް ހުންނާނީ އިންޝުއަރެންސް ކޮށްފައި
  • އެޕާޓްމަންޓްތައް ހުންނާނީ ސެމީ ފާނިޝްކޮށްފައި
  • އެޕާޓްމަންޓްހައި ހުންނާނީ ކޮރެއާގެ ބްރޭންޑްތައް
  • އިމާރާތް ދިއްލުމަށާއި ލިފްޓް ބޭނުން ކުރަން ސޯލާ ހަކަތަ
  • ފަސް ލިފްޓް ހުންނައިރު ސްޓްރެޗާ ލިފްޓެއް ހިމެނޭ
  • ޓައިލްސް އާއި ބިއްލޫރި މޫސުމާ އެއްގޮތަށް ފިނިހޫނު މިން ހިފަހައްޓާނެ

މުޅީން 1،200 އަކަފޫޓާއި 1،500 އަކަފޫޓްގެ ދެ ކޮޓަރި އާއި ތިން ކޮޓަރީ އެޕާޓްމެންޓްތައް ހިމެނޭ މި އިމާރާތުގައި
ބޭނުންކޮށްފައި ވަނީ ބްރިޖުގައި ވެސް ބޭނުން ކުރި ސިމެންތި އެވެ. ކޭޕާކަކީ ދަމަރުމަވަންތަ ހޮސްޕިޓަލް ފިޔަވައި މަސައްކަތް ފެށި ހިސާބުން އެންމެ ބާރު ސްޕީޑްގައި ސްޓްރަކްޗާގެ ނިންމާލި އިމާރާތެވެ.