އެމްއެމްޕީއާރްސީ

ރާއްޖެ އަރަބިއަން ޓްރެވެލް މާކެޓްގައި

Apr 29, 2019
1

މެދުއިރުމަތީގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ފެއާ، އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.

ދުބާއީގައި އިއްޔެއިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ފެއާގައި ރާއްޖެއިން އިސްކޮށް ބައިވެރިވަނީ އެމްއެމްޕީއާރްސީ އެވެ. އެ ކޯޕަރޭޝަނާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 130 ފަރާތެއް ބައިވެރިވެ ރާއްޖެ އިސްތިހާރު ކުރެ އެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއަރގައި މިއަހަރު 150 ގައުމަކުން 2،500 ފަރާތެއް ބައިވެރި ވެއެވެ. އަދި މި ފެއާއަށް 40،000 މީހުން ޒިޔާރަތް ކުރާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބާއްވާ ފެއާތަކުގައި ކުރިން ރާއްޖޭގެ ނޫސްވެރިން ބައިވެރި ކުރެއެވެ. ނަމަވެސް މިހާރު ނޫސްވެރިން ބައިވެރިއެއް ނުކުރެ އެވެ.