ހަބަރު

ސައުދީ ކަދުރު މާދަމާ ސަރުކާރާ ހަވާލުކުރާނެ

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖޭއަށް ދޭ ކަދުރު މާދަމާ ސަރުކާރާއި ހަވާލުކުރާނެ އެވެ.

ކަދުރު ސަރުކާރައި ހަވާލުކުރަނީ ރާއްޖޭގައި ހުންނަށް ސައުދީގެ އެމްބަސީގައި މާދަމާ ހެނދުނު 9:00 ޖަހާ އިރު އެވެ.

މި އަހަރުގެ ރޯދަ މަހާއި ދިމީކޮށް ސައުދީން 6500 ޓަނުގެ ކަދުރު އެކި ގައުމުތަކަށް ބަހާނެ އެވެ. މީގެ ތެރެއިން 4000 ޓަނުގެ ކަދުރު ބަހާނީ ފުޑް ޕްރޮގްރާމްތައް މެދުވެރިކޮށް 14 ގައުމަކަށެވެ. ބާކީ 2500 ޓަނުގެ ކަދުރު 29 ގައުމެއްގެ ސަރުކާރާ ހަވާލުކުރަން ހަމަޖެހިފައިވެ އެވެ.

ސައުދީން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ރޯދަ މަހުގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވެ އެވެ. ކަދުރު ބަހައިފައިވަނީ ކައުންސިލްތަކާއި ހަވާލު ކޮށްގެނެވެ.

ސައުދީގެ އިތުރުން ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުން ވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހައެވެ.