ހަބަރު

އަމީނިއްޔާއަށް ގަސް ހަދިޔާކޮށްފި

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ ގޮތުން ސްކޫލަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް "ގޯ ގްރީން މޫވްމަންޓް" ގެ ނަމުގައި ކުރިޔަށް ގެންގޮސްފި އެވެ.

އަމީނިއްޔާ ސްކޫލްގެ ކުރީގެ ދަރިވަރުން ގެ އެހީތެރިކަމާއެކު ބޭއްވި މި އިވެންޓް ފެށީ މިދިއަ އާދީއްތަ ދުވަހު އެވެ.
މި ޕްރޮގްރާމަކީ "އަމިނިއްޔާ ގޯ ގްރީން މޫވްމަންޓް" ގެ ފުރަތަމަ ފޭހެވެ. ގަސް ހަދިޔާ ކުރުމުގެ އިވެންޓްގެ އިތުރު ފޭހެއް އަދިވެސް ކުރިޔަށް ގެންދާނެ އެވެ. ދެވަނަ ފޭސް އޮންނާނީ މޭ މަހުގެ ތެރޭގަ އެވެ.

ފުރަތަމަ ބޭއްބި މި އިވެންޓްގައި 240 ފަރާތަކުން ގަސް ހަދިޔާ ކުރި އެވެ.

އަމީނިއްޔާ ސްކޫލްގެ ޑައަމެންޑް ޖުބްލީ ފާހަގަ ކުރުމުގެ ގޮތުން އެހެން އިތުރު ހަރަކާތްތަކެއް ސްކޫލުން ވަނީ އިންތިޒާމްކޮށްފަ އެވެ. އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. މިއީ ކުރިން ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ހިންގި ސުކޫލެކެވެ.