މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ސްޓޫޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު ހަޔާ އެޑިޔުކޭޝަނުން އިތުރުކުރީ ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސާވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން އިތުރު ފުރުސަތެއް ދިނުމަށެވެ.

އެންސީއައިޓީގެ ސާވާއަށް ދިމާވީ މައްސަލަ ހައްލުކުރަން 24 ގަޑިއިރު ނަގާތީ ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅަން ކަނޑައަޅައިފައިވާ ވަގުތު އަންނަ ހޮނިހިރު ދުވަހު 1:30 އާ ހަމަޔަށް މިހާރު ވަނީ އިތުރު ކޮށްދީފަ އެވެ. ކުރިން އޮތީ މިއަދު 1:30 ގައި މުއްދަތު ހަމަވާ ގޮތަށެވެ.

މިއީ ސްޓުޑެންޓް ލޯނުގެ އެހީގައި ބޭރަށް ކިޔަވަން ދާން މި ސަރުކާރުން ހުޅުވާލި ފުރަތަމަ ފަހަރެވެ. މިފަހަރު ސަރުކާރުން ނިންމާފައިވަނީ ސްޓޫޑެންޓް ލޯނުގެ އެހީގައި ރާއްޖެއިން ބޭރުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހިމަނާ ގޮތަށެވެ.