ފިނިޕޭޖް

ތައި ހޮހޮޮޅައިގެ ހާދިސާ ނެޓްފްލިކްސްއަަށް

ތައިލެންޑުގެ ތެމް ލުއާން ހޮހޮޅައިގެ ތެރޭގައި މިދިޔަ އަހަރު ޖޫން މަހުގެ ތެރޭ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައި ތިބި 12 ކުދިން ސަލާމަތްކުރި ހާދިސާ ވެގެން ދިޔައީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓުނު ހާދިސާއަކަށެވެ. އެ ހާދިސާގައި ހޮހޮޅައިގައި ތާށިވީ ހުރިހާ ކުދިންނަށާއި ކޯޗަށް ބިނާކޮށް އެ މީހުންގެ ވާހަކަ ސްޓްރީމިންގް ޖަޔަންޓް ނެޓްފްލިކްސް އަށް ގެންދަން ނިންމައިފި އެވެ.

އަަށް މަސް ފަހުން އެ ހާދިސާ އެމީހުންގެ ދުލުން ނެޓްފްލިކްސް އިން ސްޓްރީމް ކުރާނީ ކުރު ޑްްރާމާ ސީރީޒް އެއްގެ ގޮތުގަ އެވެ.

މި ސީރީޒް ޑައިރެކްޓު ކުރާނީ "ކްރޭޒީ ރިޗް އޭޝިއަންސް" ޑައިރެކްޓުކުރި، ޖޮނަތަަން މުރޭ ޗޫ އާއި، ތައި ފިލްމު ޑިރެކްޓަރެއް ކަމަށްވާ ނައްޓަވުޓް ޕޫންޕްރިޔާއާއެކު އެވެ.

ނެޓްފްލިކްސްްގެ އެރިކާ ނޯތު ބުނީ، މި ހާދިސާއަކީ މުޅި ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ގުޅުވައިދިން ތަފާތު ވާހަކަ އެއް ކަމަށެވެ. އަދި، ތައިލެންޑަކީ ނެޓްފްލިކްސްއަަށް ވަރަށް މުހިއްމު ވިޔަފާރި އެއް އޮތް ތަނެއް ކަމަށާއި، ދުނިޔޭގެ އެންމެންވެސް ޝައުގުވެރިވި މި ހާދިސާ އަސްލާއ އެއް ގޮތް ކޮށްދޭނެ ކަމަށެވެ.

ގިނަ ބަޔަކު ފިލްމާއި ޓީވީ ސީރީޒް ބެލުމަށް ސްޓްރީމް ކުރާ ނެޓްފްލިކްސްގައި މި ހާދިސާ އަސްލާ އެއްގޮތަށް ގެނެސްދެވުމަކީ މުހިއްމު ކަމެއް ކަމަށް ހާދިސާގައި ތާށިވީ ފުޓުބޯޅަ ޓީމުގެ ކޯޗު ބުންޏެވެ.

ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކޮށް ކުރީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި އޮތް ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނެއްގަ އެވެ.

ތައި ހޮހޮޅައިގެ ހާދިސާއާ ބެހޭ ގޮތުން، މިހާރުވެސް ދެ ފޮތެއް ވަނީ ނެރެފަ އެވެ. އަދި، މި ހާދިިސާއަށް ބްރިޓިޝް-ތައި ޑިރެކްޓަރެއް ވަނީ ފީޗާ ފިލްމެއް އުފެއްދުމުގެ މަސައްކަތްވެސް ފަަށާފަ އެވެ.