ހޮލީވުޑް

މިޝެލް އޮބާމާގެ ގޮޮތުގައި ވަޔޯލާ ޑޭވިސްް!

ޝޯޓައިމް އިން ގެނެސް ދޭން ނިންމާފައިވާ ސީރީޒްއެއްގައި އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާގެ ރޯލު ކުޅެން ހޮލީވުޑް ތަރި ވަޔޯލާ ޑޭވިސް ހަމަޖައްސަައިފި އެވެ.

އޮސްކާ ކާމިޔާބު ކޮށްފަައިވާ މި ތަަރި ކުޅެން ހަމަޖެހިފައިވަނީ ޝޯޓައިމް އިން އަލަށް ފަށާ ސީރީޒް "ފަސްޓް ލޭޑީސް"ގައި މިޝެލް އޮބާމާގެ ރޯލެވެ.

ނޮވެލިސްޓް އޭރޮން ކޫލޭ ލިޔާ މި ސީރީޒްގައި، މިޝެލް އޮބާމާގެ އިތުރުން އެމެރިކާގެ ފަަސްޓް ލޭޑީންގެ ގޮތުގައި އުޅުނު އެލަނޯ ރޫސްވެލްޓް އަަދި ބެޓީ ފޯޑްގެ ރޯލު ވެސް ދަައްކުވައިދޭނެ އެވެ. މި ސީރީޒްގައި ފެންނާނީ އެމެރިކާގެ ރަައީސުންގެ އަަނބިކަނބަލުންްގެ ގޮތުގައި ތިބެ، އެމީހުންގެ ސިޔާސީ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ދިޔަ ގޮތެވެ.

އެގޮތުން، ވައިޓް ހައުސްގެ އީސްޓު ވިންގުގައި ފަސްޓް ލޭޑީންނާއި ފަސްޓް ލޭޑީންގެ ސްޓާފުން އެކުގައި ނިންމި ސިޔާސީ ނިންމުންތަކާއި ވެރިކަމުގެ ދުވަސްވަރު ވައިޓް ހައުސްގައި އެމީހުންގެ ދައުރު މި ސީރީޒްގައި ދައްކުވައި ދޭނެ އެވެ. މިޝެލް އޮބާމާ ވަނީ ވައިޓް ހައުސްގައި 2008 ފަށައިގެން 2016 އަށް، އަށް އަހަރު ހޭދަކޮށްފަ އެވެ. އަދި އެ މުއްދަަތުގައި އޮބާމާއާއެކު ފަސްޓް ލޭޑީ ވެސް ވެގެންދިޔައީ ދުނިޔޭގައި ވެސް ބަލައިގަން ގްލޯބަލް އައިކަން އަކަށެވެ.

މިޝެލް އޮބާމާގެ ރޯލަށް ވަޔޯލާ ހަމަޖައްސާފަައިވާއިރު، މީގެ ކުރިން އެކި ފަހަރު މަތިން މިޝެލް އޮބާމާ އާއި މި އެކްޓްރެސް ވަނީ ދިމާވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ދިމާވެ އެކުގައި ނަގާފައިވާ ފޮޓޯ އެއްވެސް ސޯޝަަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ.

ވަޔޯލާއަށް އޮސްކާ ލިބުނީ، 2017 ވަނަ އަަހަރު "ފެންސަސް" އިންނެވެ. އޭނާ މި ފަހުން މަގުބޫލުވީ އޭބީސީ އިން 2014 ގައި ގެނެސްދޭން ފެށި ސިރީޒް "ހައު ޓު ގެޓް އަވޭ ވިތު މާޑާ" ގައި އޭނާ ދެއްކި ވަރުގަދަ ރޯލުންނެވެ. މީގެ އިތުރުން، "ސޫސައިޑް ސްކޮޑް"، "ދަ ހެލްޕް" އަަދި "ވިިޑޯސް" ފަދަ ފިލްމުތަކުގައި ވެސް ފާހަގަ ކޮށްލެވެ އެވެ.