މަޓާޓޯ

މޯލްޑިވްސް ފައިންޑާގެ ނަމްބަރެއް ނެރެފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މެގަޒިން، "މޯލްޑިވްސް ފައިންޑާ" އަދަދެއް ނެރެފި އެވެ.

މަޓާޓޯއިން ފެއާތަކުގައި ހިލޭ ބަހާ މެގަޒިންގެ މި ނަމްބަރު ލޯންޗް ކުރީ ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް ތެރޭގަ އެވެ. ނެރެ ދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްތަރު ތޮއްޔިބު މުހައްމަދެވެ.

މަޓާޓޯއިން މޯލްޑިވްސް ފައިންޑާ މެގަޒިން ނެރެފައިވަނީ 2017 ވަނަ އަހަރު އެވެ.