ހަބަރު

ބިދޭސީއަކު ގެއްލުނު މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

May 1, 2019
1

ނާލު ބޯޓެއްގައި މަސައްކަތް ކުރަމުން އައި ބަންގަލަދޭޝްގެ މީހަކު ގެއްލިފައިވާތީ އެ މައްސަލާގައި ތުހުމަތުތަކެއް ކުރެވި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ށ. ޅައިމަގުގައި ދުއްވާ ނާލު ބޯޓެއް ކަމަށްވާ "ކުރިމަގު" ގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން ޅައިމަގު ކައުންސިލުން މިިދިއަ މަހުގެ 22 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ގެއްލުނުކަން އެނގުނީ އެރޭ ފަތިހު ބޯޓު މާލެ ފުރަން ވެގެން ބެލި އިރު އޭނާ ބޯޓްގައި ނެތުމުން ކަމަށާއި އަދި އޭގެ ފަހުން އޭނާއަށްވީ ގޮތެއް އެނގިފައި ނުވާ ކަމަށެވެ. -- އަޑުތައް ފެތުރިފައިވާ ގޮތުގައި އެމީހާ ވަނީ މަރާލާފަ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ޅައިމަގުގެ އެ ބޯޓް މާލެ އައުމުން ބޯޓް ބަލައި ފާސްކޮށް ފަޅުވެރިންނާ ސުވާލު ކޮށްފައިވާ ކަމަށާއި އަދި ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކުރިމަގު ބޯޓް މިވަގުތު އޮތީ މާލޭގަ އެވެ. އެ ބޯޓުން ހައްޔަރު ކުރީ ނޫރު ކިޔާ މީހަކާއި އަލްއަމީން ކިޔާ މީހެކެވެ.
އެ ބޯޓުގައި ފަސް ބިދޭސީއަކު މަސއްކަތް ކުރެ އެވެ. އެ ބޯޓުން ގެއްލިފައި ވަނީ ލުތުފަރު ކިޔާ މީހެކެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލުތުފަރާއި އެންމެ ގާތްކޮށް އެ ބޯޓުގައި މަސައްކަތް ކުރަމުންއައި،
ގެއްލިފައިވާ އެ މީހާގެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައުލޫމާތު ލިބެމުން އަންނަ ވަރަކަށް މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.