ހަލަވެލި ރިސޯޓް

ބުރަފައްޗެއްގައިޖެހި ޒަހަމްވި ބިދޭސީއަކު މަރުވެއްޖެ

May 2, 2019
3

މިއަދު މޫދަަށް ވެއްޓުނު ބިދޭސަކު ޑިންގީއެއްގެ ބުރަފަތީގައި ޖެހި ޒަހަމްވުމަށްފަހު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މަރުވެފައި ވަނީ އއ. ހަވެލި ރިސޯޓްގެ ޑައިވިން ދޯންޏެއްގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އުމުރުން 41 ގެ މީހެއް ކަމަށެވެ.

މި ހާދިސާ މިއަދު 11:00 ޖެހި އިރު ހިނގީ ޑައިވިން ދޯނީގެ ޑިންގީގައި އެ ދޯނީގެ ކެޕްޓަން ބަލާ ދިއުމަށް ބިދޭސީ މީހާ ޑިންގީގައި ނައްޓާލި ވަގުތު އޭނާ ފަހަތަށް ވެއްޓި، ޑިންގީގެ ބުރަފަތީގައި ބޯޖެހިގެނެވެ.

ބިދޭސީ އެ މީހާ ވެއްޓުނު ތަން ފެނިގެން އެ ސަރަހައްދަށް ދިޔަ މީހުނާ ހަވާލާދީ ފުލުހުން ބުނީ މީހުން އެ ސަރަހައްދަށް ބިދޭސީ މީހާ ލައިގެން ހުރި ގަމީސް އޮތީ ޑިންގީގެ ބުރަފަތީގައި އޮޅިފައި ކަމަށާއި އެ މީހާ އޮތީ ޒަހަމްވެފައި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އެ އަތޮޅު ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

މޫދަ ވެއްޓި ބިދޭސީއަކު މަރުވި އިރު، ފުލުހުން އަންނަނީ މުދާ އުފުލާ ދޯންޏެއްގައި މަސައްކަތް ކުރި ބިދޭސީއަކު "ގެއްލުނު" މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. އަދި ރޭ މާލޭގައި ވަނީ ބިދޭސީއަކު ރަހީނުކޮށް އަނިޔާކޮށްފައެވެ.