ހަބަރު

މިފްކޯއިން ތުތިބޯވަދިލަމަސް ބާޒާރަަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ތުތި ބޯވަދިލަމަސް ބާޒާރަށް ނެރެފި އެވެ.

ތުތި ބޯވަދިލަމަސް (ޑައިމެންޑް ބެކް ސްކުއިޑް) ރާއްޖޭގެ ބާޒާރަށް ނެރުމުގެ ގޮތުން މިއަދު މިފްކޯގައި ބޭއްވި ހަފްްލާގައި ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވީ ތުތިބޯވަދިލަމަހަކީ ރާއްޖޭގެ ކަނޑުތަކުން ތާޒާކޮށް ބާނައިގެން ގެނެސް ވިއްކާނެ އެއްޗެހި ކަމަށެވެ. އެގޮތުން، ތުތިބޯވަދިލަމަހުގެ 800 ކިލޯ މިހާރު މިފްކޯއަށް ގެެނެސްފަައިވާ ކަމަށެވެ.

"ރާއްޖޭގެ މާކެޓުގައި އެބަަހުރި ބޭރުން މިހާރުވެސް ގެނެސްފަަ ހުރި އެއްޗެހި. އެއަށްވުރެ މާ ރަނގަޅު، މާ ފްރެޝް އެއްޗެހި އަޅުގަނޑުމެން ކަސްޓަމަރުންނާ ހަމައަށްކުރިއަށް އޮޮތްތަނުގައި ފޯރުކޮށްދޭނަން. މިހާރުވެސް އަޅުގަނޑުމެންނަށް މިއަށް ވަރަށް ޑިމާންޑު އެބޮތް" ފައުޒީ ވިދާޅުވި އެވެ.

ފައުޒީ އިތުރަށް ވިިދާޅުވީ، ރާއްޖޭގެ ބާޒާރަށް ވިއްކާފައި އިތުރުވާވަރަށް މަސް ލިބޭ ކަމުގައި ވަނީނަމަ މިމަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އަަދި އެކްސްޕޯޓު ކުރުމަށް ނިންމާނީ މިހާރު ލިބޭ ވަރަށް ބެލުމަށް ފަަހު ކަމަށެވެ.

ދިވެހި މަސްވެރިންގެ އަަތުން މިފްކޯ އިން ތުތިބޯވަދިލަމަސް ކިލޯއެއް ގަންނަނީ 180ރުފިޔާ އަށެވެ. އަދި، މިފްކޯގެ މާލެ ފިހާރަ އާއި ހުޅުމާލެ ފިހާރައިން މި ތަކެތި ވިއްކަނީ ކިލޯއެއް 160 ރުފިޔާ އާއި 250 ދެމެދުގަަ އެވެ. އަދި 250ގްްރާމްގެ ކަޓްޕީސް 75.50 ރުފިޔާ އަށް ވިއްކަ އެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެ އަށް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި ސަރުކާރުން ވަނީ ތުތިބޯވަދިލަމަސް ކުރަން ބޭނުންވާފަރާތްތަކަށް ތަމްރީން ޕްރޮގްރާމް ތަކާއި އެ މަސްވެރިކަން ކުރަން ބޭނުންވާނެ ވަސީލަތްތައް ވެސް ފޯރުކޮށްދީފަ އެވެ.