ވިޔަފާރި

ބީއެމްއެލް އިން ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައިފި

May 7, 2019
1

އާބާދީ އިތުރުވެ، މީހުން ގިނަވަމުންދާ ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ތިން އޭޓީއެމް ބަހައްޓައި ހިދުމަތް ރަނގަޅު ކޮށްފި އެވެ.

ބީއެމްއެލް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ރެޓާނަސް އިތާމުތް ފްލެޓުގެ ތިރީގައި ހުޅުވި ތިން އޭޓީއެމްގެ ތެރޭގައި ޗެކް ޖަމާކުރާ އޭޓީއެމް ފައިސާ ނަގާ ޖަމާ ކުރަން އޭޓީއެމްއެއް ވެސް ހިމެނޭ ކަމަށެވެ.

ބީއެމްއެލް އިން އަލަށް ބެހެއްޓި ތިން އޭޓީއެމްއާއެކު ހުޅުމާލޭގައި ބެހެއްޓި އޭޓީއެމްގެ އަދަދު ވަނީ ހަތަކަށް އަރާފަ އެވެ. ބީއެމްއެލް އިން މިހާރު ވެސް ދަނީ ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އޭޓީއެމް ތަކެއްގެ ހިދުމަތް ދެމުންނެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޭޓީއެމްގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ އޭޓީއެމް ނެޓްވާކް 105 އަށްވުރެ އިތުރެވެ.