ހަބަރު

އަލިފާނުގެ ހާދިސާއެއް ހިނގުުމުން މޫކައި ސުއިޓުން މީހުން ހުސްކޮށްފި

މޫކައި ސުއިޓްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެ އެތަނުން މީހުން ހުސްކޮށްފި އެވެ.

ފުލުހުން ބުނީ، މޫކައި ސުއިޓްސްގެ ގްރައުންޑް ފްލޯގައި ހުރި، ކޭބަލް ތަކެއްގައި ރޯވެ، އެ އިމާރާތުގެ ހުރިހާ ފްލޯއެއްގައި ހުރި ލައިޓްތަކުން ދުން އެރި ކަމަށެވެ. މިރޭ 9:27 ހާއިރު، އެ ހާދިސާހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެތަނަށް ގޮސް އެ އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

މޫކައިސުއިޓްގައި ރޯވި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، އެތަނުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، އެތަނުގެ ލައިޓްތަކުން ދުން އަރަމުންދާތީ، މިހާރު ކުރަމުންދަނީ އެދުންތައް ބޭރުކުރުމުގެ މަސައްކަތް ކަމަށެވެ.

މޫކައި ސޫޓްސްގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާ ހިނގި އިރު، އެތަނުގައި ތިބީ ވަރަށް މަދު ގެސްޓުންތަކެއް ކަމަށާއި، އެ ހުރިހާ ގެސްޓުން ވެސް މިހާރު މޫކައި ހޮޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އެ ހާދިސާގައި އެ ހޮޓަލުގެ އެއްވެސް މުވައްޒަފަކަށް ވެސް ގެއްލުމެއްް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.