ވިޔަފާރި

ލައިފް ސަޕޯޓުގެ "ސަފެއާ" ފިހާރަ ހުޅުވައިފި

ފުޅާ ދާއިރާއެއްގައި މާލޭގައި ވިޔަފާރި ކުރަމުން އަންނަ ލައިފް ސަޕޯޓްގެ އާ ފިހާރަ "ސަފެއާ" ފިހާރަ މުޅިން އާ ޕްރޮޑަކްޓް ތަކަކާއެކު ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އެކަމަނާ ވަނީ ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ސާފު ކުރައްވާ އެ ފިހާރައިން ވިޔަފާރި ކުރައްވައިފަ އެވެ.

މީގެ ކުރިން ލައިފް ސަޕޯޓުން ހަމައެކަނި ބޭސް ވިއްކި ނަމަވެސް މިރޭ ފިހާރަ ހުޅުވައިފައިވަނީ، މޭކަޕް ކުރާ ޕްރޮޑަކްޓްތަކާއި ސެންޓުގެ އިތުރުން ޕާސަނަލް ކެއާއަށް ބޭނުންވާ ޕްރްޑަކްޓް ތަކާއިއެކުގައި އެެވެ. މިފިހާރު ހުންނަނީ ސޯސަން މަގުގަ އެވެ.

ލައިފް ސަޕޯޓު ކުންފުނީގެ ޖެނެރަލް މެނޭޖާ އަބްދުﷲ މައުމޫން ވިދާޅުވީ، އެ ފިހާރާއިން ކަސްޓަމަރުންނަށް ވިއްކާނީ ޖެނުއިން ޕްރޮޑްކްޓްތައް ކަމަށެވެ. އޭނާ ވިދާޅުވީ، ސަފެއާ ފިހާރައިން ވިއްކާނީ ޕާމަސީ ކުންފުންޏެއް ކަމަށްވާ އެބޮޓް ކުންފުނީގެ ބޭސްތަކާއި، އިގިރޭސި ވިލާތާއި ދުބާއިން ގެނެސްގެން ވިއްކާ ޕްރޮޑްކްޓްތަށް ކަމަށެވެ. މި ކުންފުނިތަކުގެ ޕްރޮޑަކްޓަތަކުގެ އޮތޮރައިޒް ޑިސްޓިރިބުއުޝަން ހުއްދަވެސް ލައިފް ސަޕޯޓުން ވަނީ ނަގައިފަ އެވެ.

ލައިފް ސަޕޯޓުގެ ޖެނެރަލް މެނޭޖާ އަބްދުﷲ މައުމޫން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި އެ ފިހާރައިން ވައިޓް ބައިޓަކިސް އަދި ކިޗެން ރޭންޖެސްގެ ޕޮރޮޑްކަޓްތަށް ވެސް ލިބެން ހުންނާނެ ކަމަށެވެ.

އަދި ވިދާޅުވީ، ރޯދަ މަސް ނިމެންދެން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ޕެކޭޖެއް ހިމަނާފައިވާ ކަމަށާއި ހޯލް ސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.