ހަބަރު

މީހަކު ރަހީނުކުރި ފަޒީލްގެ ބަންދަށް 10 ދުވަސް ޖަަހައިފި

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފޭރެން އުޅުނު މައްސަލައިގައި ރޭ ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ފަޒީލް ހައްުޔަރުކޮށްފައިވަނީ ލ. ގަމުގައި 44 އަހަރުގެ މީހަކު ރަހީނު ކުރުމަށްފަހު، އޭނާގެ އަތުން 8،900 ރުފިޔަ ފޭރިގަނެ ދޫކޮށްލުމަށްފަހު އަނެއްކާވެސް ކުރިން ރަހީނު ކުރި މީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ.

މީހަކު ރަހީނު ކުރި މައްސަލައިގައި ފަޒީލް އާއިއެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާއިރު، ދެން ހުރި މީހާ ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފަ އެވެ.

ފަޒީލް އަކީ މާރާމާރީ ހިންގުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަށް ޒުވާނެކެވެ. ފަޒީލް ވަނީ މީގެ ކުރިންވެސް މީހަކު ރަހީނު ކުރި މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެފަހަރު އޭނާ ރަހީނު ކޮށްފައިވަނީ، ލ. ފޮނަދޫން ޑިންގީއެއްގައި އޭނާ އާއިއެކު ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާގެ ކޮއްކޮ ރަހީނު ކޮށްގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ފުލުހުންނެވެ.