ވިޔަފާރި

އަމާނާތަކަފުލް އިން އެކްސިޑެންޓް އިންޝުއަރެންސް ކަވާއެއް

އަމާނާ ތަކަފުލް މޯލްޑިވްސްއިން އެ ކުންފުނީގެ މޯޓާ ތާޑް ޕާޓީ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތާޑް ޕާޓީ އިންޝުއަރެންސް ނަގާ ކޮންމެ 20 ކަސްޓަމަރަކަށް އެކްސިޑެންޓް ކަވާ އިންޝުއަރެންސް ޕެކޭޖެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ އަމާނާ ތަކަފުލްގެ އޮފީހުން ތާޑް ޕާޓީ މޯޓާ އިންޝުއަރެންސް އަލަަށް ހޯދާ ކަސްޓަމަރުންނަށާއި، ތާޑް ޕާޓީ މޯޓާ އިންޝުއަރެންސް އަމާނާ ތަކަފުލްގެ އޮފީހުން ރިނިއު ކުރާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

އަމާނާ ތަކަފުލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ތާޑް ޕާޓީ އިންޝުއަރެންސް އަލަށް ހޯދާ ކަސްޓަމަރުންނާއި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ތާޑް ޕާޓީ ރިނުއު ކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.