ހަބަރު

ތަރާވީސް ވަގުތު ގެއަކަށް ވަދެ ވައްކަން ކޮށްފި

May 10, 2019
2

ތަރާވީސް ވަގުތު، ގެއަކަށް ވަދެ ވައްކަން ކޮށްފި އެވެ. އެ ގެއިން ތިން ލައްކަ ރުފިޔާ ވަނީ ވަގަށް ނަގައިފި އެވެ.

މި ހަދިސާ ހިނގާފައިވަނީ ތ. ވިލުފުށީގަ އެވެ. އެކަން ހިނގީ 7:30 ހާއިރު 8:55 އާ ދެމެދު އެވެ.

ވައްކަން ކޮށްފައިވަނީ އެ ގޭގެ އަލަމާރި ހަލާކުކޮށްލައިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އެކަން ކުރި ބަޔަކާއި ފައިސާތައް ހޯދިފައެއް ނުވެ އެވެ.