ހަބަރު

ޔާމީންގެ މައްސަލައެއްގައި ޕީޖީ ސުޕްރީމް ކޯޓަށް

May 13, 2019
6

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި އެވެ. ނަމަވެސް އެ ދެ އަމުރު ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ޕީޖީއިން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ އޭގެ ތެރެއިން ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލާގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ޕީޖީއިން ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ. އެ މައްސަލާގެ އިޖުރާއީ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.