އެމްއެންޑީއެފް

ރާއްޖެއަށް އޮތް ސަލާމަތީ ގޮންޖެހުންތަކުގައި އެމެރިކާ އެހީވާނެ

ރާއްޖެއަށާއި މި ސަރަހައްދަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ގޮން ޖެހުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުގެ އެހީ ލިބޭނެ ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު އެލައިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެ އެވެ.

އެލައިނާ ޓެޕްލިޓްޒް، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހަށް ކުރެއްވި އިހުތިރާމު ޒިޔާރަތަށް ފަހު އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފަ ވަނީ، ރާއްޖޭގެ ސަލާމަތީ ވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޭ ސަމާލުކަން އެެމެރިކާގެ ސަފީރު ފާހަގަ ކުރައްވާ ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ އެމެރިކާއިން ދިވެހި ސިފައިން ތަމްރީނު ކުރުމުގަ އާއި އެނޫންވެސް ކަންކަމުގައި ދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިހާރުގެ ހަލާތައި ގުޅޭ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތަށް ސިފައިން އަޅުމުންދާ ކަމަށްވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.