ފަނަރަ އަހަރުގެ ކުއްޖެއް ވިހޭ ދަރިފުޅު މަރުވެއްޖެ އެވެ.
ފުލުހުން މިރޭ ވަނީ އެކަން ރިޕޯޓްކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނެވެ. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެކުރިން ވެސް ރާއްޖޭގައި މިފަދަ ހާދިސާތައް ހިނގާފައިވެ އެވެ.