ހަބަރު

ޕާކިސްތާނުގައި ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

May 14, 2019
1

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ދެމުން ގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައިވަނީ ބަލޫޗިސްތާނުގައި ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ރާއްޖެއިން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކުރާ ކަމަށާއި ރާއްޖެއިން އަބަދުވެސް އެފަދަ އަމަލުތަކާއި ދެކޮޅު ކަމަށްވެސް ޓްވީޓްގައި ވެއެވެ.

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ވަނީ ނުރައްކާތެރި ދެ ހަމަލައެއް ދީފަ އެވެ. ފުރަތަމަ ހަމަލާ ދީފައިވަނީ ބަލޮކިސްތާނުގެ ހޮޓަލަކަށެވެ. އެހަމަލާ ދީފައިވަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހުން އެހޮޓަލަށްވަދެ ބަޑިންނެވެ.

އެހަމަލާގައި ފަސް މީހަކު މަރުވެފައިވެއެވެ. އަދި ހަ މީހަކަށްވަނީި އަނިޔާވެފަ އެވެ. އެހަމަލާ ދިނުމުގައި ބައިވެރިވި ތިން މީހުންވެސް ވަނީ މަރުވެފަ އެވެ.

ދެވަނަ ހަމަލާ ދިފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެހަމަލާ ދީފައިވަނީ ކާރަކަށެވެ. ބޮމުގެ އެހަމަލާގައި ހަތަރު މީހުން މަރުވެފައިވާއިރު، އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ.