ހަބަރު

ހައިވޭގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެ

May 15, 2019
2

މާލެ - ހުޅުމާލެ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު ހުޅުމާލެ އިން މާލެއަށް ދުއްވާފައިދިޔަ ސައިކަލެއް އޯވާޓޭކް ކުރަން ކާރު ލޭނަށް އެރިވަގުތު ކާރެއްގައި ޖެހިގެން ސައިކަލް ކަހާލީ 116 ފޫޓް ދުރަށް ދިޔަ ކަމަށެވެ. އަދި ކަހާލައިގެން ގޮސް ސައިކަލް ލޭނުގައި ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

ކަހާލި ސައިކަލް ދުއްވަން އިނީ 20 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ގައިގެ އެކިތަންތައް މަށައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ ސައިކަލް ދުއްވީ ލައިސެންސް ނެތި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްވި އަނެއް ސައިކަލްގައި ތިބި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.