މާލޭ ސިޓީ

މާލޭ މަގުމަތީގައި ސިނގިރެޓް ބުއިން މަނާކުރަނީ

މާލޭ ސިޓީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމީ މިރޭ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގަ އެވެ. އެއީ އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މާފަންދު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ހުސެއިން ޝަރީފް އަވަސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން ނިންމި ނިންމުން ތަންފީޒު ކުރާނީ ހަމަސް ފަހުން ކަމަށެވެ. އެއީ ހެލްތް މިނިސްޓްރީ އާއި ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު އުސޫލުތަކެއް ކަނޑައަޅުމަށްފަހު ކަމަށެވެ.

މީގެ ކުރިންވެސް އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ގާނޫނަކުން މަނާ ކުރި އެވެ. ނަމަވެސް އެގާނޫނު އެދެވޭ ވަރަށް ތަންފީޒު ކުރެވިފައި ނުވެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500ރ ޖޫރިމައިނާ ކުރެވޭ ގޮތަށް މިހާރުވެސް ގާނޫނު އެބަ އޮތެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010 ގައި ފާސްކޮށް، އެ ގާނޫނުގެ ދަށުން ހަދަން ލާޒިމް ކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދު 2012 ވަނަ އަހަރު އަމަލުމުރޏް ފެށި އެވެ.