އިމްޕޯޓް އެކްސްޕޯޓް

އެޕްރީލް މަހު 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރި

މިއަހަރުގެ އެޕްރީލް މަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޮޓް ކޮށްފައިވާ ކަމަށް ކަސްޓަމް އިން ބުނެފި އެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހާއި އަޅާ ބަލާއިރު ނުވަ ޕަސަންޓުގެ އިތުރުވުމެކެވެ.

ދެހާސަ އަށާރަ ވަނަ އަހަރު އެޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. 2018 ވަނަ އަހަރު އެޕްރީލް މަހާ އަޅާ ބަލާއިރު މިއަހަރު އެކްސްޕޯޓް ކުރުން ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްފައިވަނީ 377 މިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރު އެކްސްޕޯޓު ކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޮޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާއްމުދަނީ އަށް ބަލާއިރު މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް ވަނީ 300 މިލިއަން ރުފިޔާ ،ލިބިފަ އެވެ. މިއީ 14 ޕަސަންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެޕްރީލް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނީ 262 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ ޗައިނާ އިންނެވެ. ތިންވަނައަށް ސިންގަޕޫރުންނެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކުރީ ތައިލެންޑުންނެވެ. ދެވަނަ އަށް އެމެރިކާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓުކުރީ ޖަރުމަނަށެވެ.