ވިޔަފާރި

ރޯދަ މަހު ޓޭސްޓު މެގަޒިންގައި މެނޫ ބުކްއަކާއި ރެސިޕީ

May 18, 2019

ފުޑް އިންޑަސްޓްރީއަށް ހާއްސަކޮށް ނެރެމުން ގެންދާ "ޓޭސްޓް- މޯލްޑިވިއަން ޓޭސްޓް މެގަޒިން" އިން ރެސްޓޯރެންޓް މެނޫ ބުކްއަކާއި ރެސިޕީތަކެއް ނެރެފި އެވެ.

ގިނަ އަދަދެއްގެ ރެސްޓޯރެންޓް ރިވިއު ހިމަނަމުން ގެންދާ ޓޭސްޓް މެގަޒިންގައި ރޯދަ މަހާ ދިމާކޮށް ހިމަނާފައިވާ ރަމަޒާން މެނޫ ބުކް އާއި ރަމަޒާން ރެސިޕީ އޮންލައިންކޮށްވެސް ބެލެހެއް ހުރެ އެވެ. މިގޮތުން މި މެގަޒިންގެ އޮންލައިން ވާޝަން އިން މެނޫތަކާއި ރެސިޕީތައް ބަލައި ލެވޭނެ އެވެ.

މޯލްޑިވްސް ޓޭސްޓް މެގަޒިންގެ އޮފިޝަލަކު ވިދާޅުވީ އޮންލައިންކޮށް މެނޫތައް ހިމެނުމުގެ އިތުރުން ވަކިން ހާއްސަކޮށް މެނޫ އަށް ހާއްސަ ފޮތެއް ނެރެފައިވާނެ ކަމަށެވެ. މީގެ ބޭނުމަކީ ގޭގެ އާއި އޮފީސްތަކުން ރޯދަ މެނޫތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

ޓޭސްޓު މެގަޒިންގެ މެނޫ ބުކްގައި ރާއްޖޭގެ މަޝްހޫރު ހުރިހާ ރެސްޓޯރެންޓެއްގެ މެނޫތައް ހިމަނާފައިވެ އެވެ. އަދި ރެސިޕީއަށް ހާއްސަ ބައިގައި މީރު ގިނަ ކެއުންތަކެއް ތައްޔާރު ކުރާނެ ގޮތް ހުރެ އެވެ.

އިނގިރޭސި ބަހުން މީ ދެ އަހަރު ކުރިން ފެށިގެން ނެރެމުން ގެންދާ ޓޭސްޓް މެގަޒިންއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެއް މެގަޒިން އެވެ.