ހަބަރު

ހިތަދޫގައި އެކްސިޑެންޓެއްް ހިނގައި، އެކަކު އައިސީޔޫގައި

May 18, 2019
2

އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކު ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:42 ހާއިރު، ހިތަދޫގައި ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 25 އަހަރުގެ މީހާގެ ވާތުފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އޭނާގެ ހާލު ސީރިއަސް ވުމުން ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ފަރުވާދެމުންދާ ކަމަށާއި އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކާރު ދުއްވަން އިން 29 އަހަރުގެ މީހާއަށް އަނިޔާ ވެފައެއް ނުވެއެވެ.