ވިޔަފާރި

ސެންޗޫރިއަންގެ ހިއްސާދާރުންނަށް 3.50ރ. ބަހަން ފާސްކޮށްފި

ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ އާއްމު ހިއްސާދާރުންނަށް ހިއްސާއަަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.

ސެންޗޫރިއަން އިން ޗަންފާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި 3.50ރ. ބަހަން ނިންމީ، ހިއްސާދާރުންގެ މެދުގައި ހިއްސާގެ ފައިދާ ބަހަން ވޯޓަށް އަހައިގެންނެވެ. އަދި މިގޮތުން ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުން ކުންފުނިން ފައިދާގެ ގޮތުގައި ބަހަން ނަންމާފައިވަނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބިފައިވާ ފައިދާގެ ތެރެއިން 50 ޕަސެންޓް އަށްވާ 2.7 މިލިއަން ރުފިޔާ އެވެ.

ސެންޗޫރިއަން އިން ވަނީ ކުންފުނީގެ 2019 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ ކުރީ އަހަރު ވެސް ކުންފުނީގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޭޕީއެމްޖީ ހަމަޖައްސާފަ އެވެ.

އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ކުންފުނީގެ ޗެއާމަން ކެޕްޓަން އަޙްމަދު މައުމޫން ވިދާޅުވީ، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ނިންމާފައިވަނީ، 15 މެއި 2019 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައުވާ މީހުންނަށް ކަމަށެވެ.

ރާއްޖެއަށް މުދާ އެތެރެކޮށްދީ އެކަމާ ގުޅޭ ލޮޖިސްޓިކް އެންމެހާ ހިދުމަތްތައް ދޭ ކުންފުނިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓު ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. ޝިޕިން އަދި ލޮޖިސްޓިކްގެ މަސައްކަތްތައް ކުރުމަށް 2010 ވަނަ އަހަރު ރަޖިސްޓްރީ ކުރި އެ ކުންފުނިން ވަނީ އެ ކުންފުނީގެ 49 ޕަސެންޓް ހިއްސާ، ހިއްސާއެއް 25 ރުފިޔާގެ ރޭޓުން ވިއްކާފަ އެވެ. އަދި ހިއްސާދާރުންނަށް ލިބޭ ފައިދާ އިތުރު ކުރުމުގެ ގޮތުން ކުންފުނީގެ ސާފު ފައިދާގެ 50 ޕަސެންޓް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބެހުމަށް ވެސް އެ ކުންފުނީގެ ޑިވިޑަންޓް ޕޮލިސީގައިވެ އެވެ.

ސެންޗޫރިއަން އިން ހިއްސާ ވިއްކާފައިވަނީ ޝިޕިން އާއި ލޮޖިސްޓިކްސްގެ ދާއިރާ އިތުރަށް ތަރައްގީކުރަން ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށެވެ. އެގޮތުން، މި ފައިސާއިން ވަނީ މުދާ އުފުލާ 10 ދޯންޏާއި ޓަގަކާއި ބާޖަކާއި ދެ އުފުއްޔާއި އާގުބޯޓެއް ގަތުމުގެ އިތުރަށް، ގުދަން ހަދައި ތަރައްގީ ކުރަން ނިންމާފައިވެ އެވެ. އެ ތަކެތި ހޯދުމަށް އެ ކުންފުނީގެ 49 ޕަސެންޓް (6،757،800) ހިއްސާ ވިއްކާފައިވެ އެވެ. އެ ކުންފުނިން ވަނީ ހިއްސާ ވިއްކައިގެން 168،945،000 މިލިއަން ރުފިޔާ ހޯދާފަ އެވެ.