ހަބަރު

ކޮޅުވެއްޓިއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

May 19, 2019
1

ލ. މާވަށް ކައިރީގައި އަޅާފައި އޮތް ކޮޅުވެއްޓިއެއްގައި ތެރޭގައި ދިވެއްސަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

ކޮޅުއްވެއްޓީގައި މަރުވެފައި އޮތީ ބ. އޭދަފުށީ ގުލިސްތާނުގޭ، އަހުމަދު ނަސީމު 59، އެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޭނާ މަރުވެފައިވަނީ ގުދްތަރީ މަރަކުންކަމަށް ބެލެވޭ ކަމަށާއި މަރުގެ އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަރުވެފައި ފެނުނު ނަސީމަކީ އެ ކޮޅުވެއްޓީގެ ކެޕްޓަނެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ ރޭ ދަންވަރު ކޮޅުވެއްޓި ފުރަން އޮތް ގަޑިއަށް ނުފުރުމުން ފަޅުވެރިން ގޮސް ބެލުމުންނެވެ. ފުރަން އޮތީ މެންދަމު 3:00 ޖެހި އިރު އެވެ.