މޯލްޑިވްސް ޕޮލިސް ސާވިސް

ކީހެއް ވަގަށް ނަގައި، ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކަރަންޓް ކީހެއް ވަގަށް ނެގުމަށްފަހު، އެކީސް ވިއްކާލަން މަސައްކަތް ކުރަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:15 އެހާކަންހާއިރު ފުލުހުން އަމީނީ މަގުގު ޕެޓްރޯލް ކުރަމުން ދަނިކޮށް މީރާ ކައިރިން ގޯންޏެއް ހިފައިގެން ދިޔަ މީހަކު ފެނިގެން މަޑު ކުރުވާފައިވާ ކަމަށެވެ. ފުލުހުން އިތުރަަށް ބުނީ، އޭނާ އަތުގައި އޮތް ގޯނި ބަލައިފާސް ކުރިއިރު މަކިޓާ ބްރޭންޑުގެ 5806ބީ ބްރޭންޑުގެ ކަރަންޓު ކީހެއް ފެނިފައިވާ ކަމަށެވެ.

މައްޗަން ގޯޅި ގެއަކުން ވަގަށް ނަގައިފައިވާ އެކީސް އޭނާ ހިފައިގެން ދިޔައީ އެހެން މީހަކަށް ވިއްކާލުމަށް ކަމަށް ފުލުހުން ބުންޏެވެ. މި ވައްކަމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށް ގެންގޮސްފައިވާ ފަރާތަކީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.