ހަބަރު

ޕީޕީއެމާއި ޕާޓީގެ ފައިސާ ބަލަހައްޓާ ފަރާތް ޖޫރިމަނާކޮށްފި

May 20, 2019

އީސީން އިން އިދިކޮޅު މައި ޕާޓީ، ޕީޕީއެމް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި ނެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައިވާ ކަމަށް ޕީޕީއެމްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީ 20،000 ރުފިޔާއިން ޖޫރިމަނާކޮށް ފައިސާގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތް 5،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމްއިން ކެމްޕޭން ކުރަން ފައިސާ ހަރަދު ކުރި ގޮތާމެދު ސުވާލުތައް އުފެދުނެވެ. އަދި އެ ޕާޓީ ވަރަށް ބޮޑަށް ދަރަނިވެރިވެސް ވިއެވެ. އެގޮތުން ކެމްޕެއިން ދަތުރުތަކަށް މޯލްޑިވިއަންއިން ކްރެޑިޓަށް ކުރި ހަރަދު ނުލިބިގެން އެ ޕާޓީ ގޮވައިގެން ކޯޓަށް ވެސް ދިޔަ އެވެ.