މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާގެ މައްސަލާގައި 71 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާއި ބެހުނު މައްސަލައިގައި 71 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ މީހާ ހައްޔަރުކޮށްފައިވަ އޭނާ ވެސް އެ ކުއްޖާއާ ބެހެނު ކަމުގެ ތުހުމަތުތައް ކޮށް ސޯޝަލް މީޑިއާގައި ގަދައަށް އެ ވާހަކަ ދެކެވެމުން ދަނިކޮށެވެ. މި ފިރިހެން މީހާއަކީ ކުޑަ އަންހެން ކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަމަށް ވެއެވެ.

މި މައްސަލާގައި ތުހުމަތު އެ އަންހެން ކުއްޖާގެ ދެ ބޭބެ އަށްވެސް ވަނީ ކޮށްފަ އެވެ. އެއީ ވެސް ކުޑަ ދެ ކުދީންނެވެ. އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.

މި މައްސަލައާބެހޭ ގޮތުން ގިނަ މައުލޫމާތުތައް އަދި ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅީ މަހުގެ 10 ވަނަ ދުވަހުރޭ އަތޮޅުތަކުގެ ރަށަކުން ކަމަށެވެ. މި މައްސަލަ ބަލަމުން ގެންދަނީ ޖެންޑާ މިނިސްޓްރީއާ ވެސް ގުޅިގެނެވެ.