ވިޔަފާރި

އަހަރު ތަކަށްފަހު ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުވެއްޖެ

ޗައިނާ މާކެޓުން އަންނަ މީހުންގެ އަދަދު ދަށްވަމުންދާތާ، އަހަރު ތަކަކަށް ފަހު އެ ގައުމުން އައި މީހުންގެ އަދަދު މިދިޔަ މަހު ބޮޑުތަން އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އައިސްފައިވަނީ 15,093 މީހުންނެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހު މި އަދަދު ވަނީ 23 ޕަސެންޓް އިތުރުވުމަކާއެކު 18,704 އަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު މާކެޓު ކަމަށްވާ ޗައިނާ އިން މި އަހަރުގެ ނިޔަލަށް ވަނީ 95,272 މީހުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައިސްފައިވަނީ 87,632 މީހުންނެވެ. މިއީ 8.7 ޕަސެންޓް އިތުރުވުމެކެވެ.

ޗައިނާ މާކެޓު އިތުރުވެފައިވާއިރު އެ ގައުމު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި އޮންނަތާ ހައެއްކަ އަހަރު ވަނީ ވެފަ އެވެ.