ހަބަރު

އެމްޓީސީސީގެ ލޯންޗު ގޮވިއިރު އެކަކުގެ 30 ޕަސެންޓް ފިހުނު

May 21, 2019
1

ހުޅުމާލޭ ފަޅު ތެރެއިން އެމްޓީސީސީގެ ލޯންޗުގެ އިންޖީނުގެ ބެޓެރީ ގޮވި ހާދިސާގައި ފިހި އެންމެ ބޮޑަށް ޒަހަމްވިވި މީހާގެ ހަށިގަނޑުގެ 30 ޕަސެންޓް ފިހިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާސަންދަ އިން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، އިއްޔެ ލޯންޗް ގޮވި ހާދިސާގައި އެންމެ ބޮޑަށް ފިހިފައިވަނީ އުމުރުން ހދ. ވައިކަރަދޫ މީހެއް ކަމަށާއި އުމުރުން 39 އަހަރުގެ އެ މީހާގެ ހަށިގަނޑުގެ 30 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އޭނާއަށް ފަރުވާދިނުމަށްފަހު މިހާރު ސާޖިކަލް ވޯޑުގެ އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ހާދިސާގައި ދެން ފިހުނު މީހުނަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ. އެ މީހުނަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފެރީ ޓާމިނަލާ ކައިރިން މުދާ ބަރުކުރާ އެކަމަކު ހުޅުމާލެ ލަކުޑި ޖެޓީގެ ގޮތުގައި މަޝްހޫރުވެފައިވާ ޖެޓީގައި އޮއްވާ ލޯންޗުުގެ ބެޓެރީ ގޮވީ އެ ލޯންޗުގެ ޕެޓްރޯލް ޕަމްޕް ސްވިޗް ބަދަލު ކުރަން އުޅުމުގެ ތެރޭގައި ހުޅު ހިފައިގެނެވެ. މި ހާދިސާ ބަލައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގި އިރު މި ރޯދަ މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީގެ ބަހެއް ދަށުވެ ޓޫރިސްޓް އަންހެނަކު ވަނީ މަރުވެފަ އެވެ.