ޓެކްނޯލޮޖީ

ހަޅޭއްލަވައިގަތުމުން މީހުން ބިރުގަންނަ ސިއްރު ހާމަވެއްޖެ

Jul 17, 2015

މީހެއްގެ ހަޅޭކުގެ އަޑުން އެހެން މީހުން ސިހި ބިރުގަންނަނީ ކީއްވެކަން ސައިންސްވެރިން ހޯދައިގެންފިއެވެ.

ހަޅޭކުގެ ބިރުވެރިކަން އެކުލެވިފައިވަނީ އެ އަޑުގެ 'ހަރުކަށި'ކަން ނުވަތަ 'ރަފް'ކަން ކަމަށް އެ ޔުނިވަރސިޓީގެ ނަފުސާނީ އިލްމާ ބެހޭ ޕްރޮފެސަރު ޑޭވިޑް ޕޯޕަލް ވިދާޅުވިއެވެ. މިއީ އަޑެއް ބާރުވަމުން އަންނަ 'މިންވަރު' ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހެންވެ އިންސާނުންގެ ހަޅޭކަކީ 30 މެގަހާޓްޒް އިން 150 މެގަހާޓްޒް އަށް ކުއްލިއަކަށް އަޑު 'އުފުލާލެވޭ' ކަމެއްކަން ވަނީ ހާމަވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ދިރާސާއިން ދެއްކި ގޮތުގައި މީހެއްގެ ހަޅޭއްލަވައިގަތުމުގެ އަޑު އިވުމުން އެހެން އިންސާނުންގެ ސިކުނޑީގައިވާ 'އަމިގްޑަލާ' ކިޔާ ހިސާބަކުން ދެނެގަނެއެވެ. މިއީ ބިރާއި ނުރައްކާތެރި ކަމަށް ސަމާލުކަން ގެނައުމަށް ސިކުނޑީގައި މަސައްކަތް ކުރާ ބައެއް ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.