މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް ހުއްދަ ދިނީ އުސޫލުގެ ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު ގުރޫޕުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ސިސިލްފަރު ތަމްސީލު ކުރައްވާ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ، ހައްޖު ކޯޓާ އެވަލުއޭޓް ކުރި މައްސަލަ ސިސިލްފަރުން އޭސީސީއަށް ހުށަހަޅާފައިވާ ކަަމަށެވެ.
އެ މައްސަލާގައި ސިސިލްފަރު ގްރޫޕުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބޭއްވި އަޑުއެހުމުގައި ހައްލު ލިބޭގޮތް ވަނީ ނުވެފަ އެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ހިންގަން ވަނީ ނިންމާފަ އެވެ.
ހައްޖަށް ގެންދިިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން މި އަހަރު އެ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ.
ރާއްޖެއަށް މިފަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދީން ވަނީ 2000 ކޯޓާ ދޭނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ހަމަޖެހިފައިވަނީ 1000 ކޯޓާއެވެ. އެ 1000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަންއަށް 550 ކޯޓާ ދިނުމަށް ހަަމަޖެހިފައިވާއިރު، އަމިއްލަ ކުންފުނިތަކަށް 450 ކޯޓާ ލިބޭނެ އެވެ. އެހެން ކަމުން ބާކީ ތިބި ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ލިބޭނެ އެވެ.