ސިއްހަތު

ތުއްތު ކުއްޖާ މަރުވި މައްސަލަ ހެލްތުން ބަލަން ފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެވެން ނެތިގެން އައިޖީއެމްޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވި ތުއްތު ކުއްޖާގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ހަބަރު ލިބުމާއެކު އެ މިނިސްޓްރީން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ބަލަން ފަށައިފައިވަނީ އެއްވެސް ބަޔަކު ހުށަހަޅައިގެން ނޫން ކަމަށާއި މައްސަލަ ބަލަން ފެށީ އެ ކަމުގައި އިހުމާލުވި ފަރާތެއް ދެނެގަތުމަށް ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެވެން ނެތިގެން އައިޖީއެމްއެޗް އަށް ގެނެސް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ މަރަދޫ ފޭދޫއަށް ނިސްބަތްވާ އުމުރުން އެއްދުވަސްވީ އަންހެން ކުއްޖެކެވެ.

ތުއްތު ކުއްޖާގެ މަރާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.