ހަބަރު

މޯލްޑިވިއަން އިން އީދާ ދިމާކޮށް ޗެންނާއީއަށް ޕެކޭޖެއް ނެރެފި

May 21, 2019

މޯލްޑިވިއަން ހޮލިޑޭސް އިން ކުރިއަށް އޮތް އީދުގެ ބަންދާ ދިމާކޮށް ޗެންނާއީ އަށް ހާއްސަ ޕެކޭޖެއް މިއަދު ނެރެފި އެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މުސާ ވަސީމް ވިދާޅުވީ އީދު ދުވަހާ ދިމާކޮށް ނެރެފައިވާ ހާއްސަ މި ޕެކޭޖުގައި ދެ މީހަކަށް ތިން ދުވަހު ހުރުން ހިމެނޭ ކަމަށެވެ. މި ޕެކޭޖުގެ އަގަކީ 675 ޑޮލަރު (ގާތްގަނޑަކަށް 10،408ރ.) އެވެ.

"ޕެކޭޖުގައި ހުރުމާއި އެއާ ފެއާ ހިމެނޭނެ. ޗެންނާއީ އަކީ ޝޮޕިން އާއި ބޭސް ފަރުވާ އަދި ގިނަ ޓޫރިސްޓު އެޓްރެކްޝަން ތަކެއް ހުރި ތަނެއް. އެހެންވެ އެ ސިޓީ އަށް ތައާރަފު ކުރީ،" ވަސީމް ވިދާޅުވި އެވެ.

މޯލްޑިވިއަން ހޮލިޑޭސް އިން ޗެންނާއީ އަށް ހާއްސަ ޕެކޭޖެއް ތައާރަފު ކުރިއިރު މޯލްޑިވިއަން އިން ދަނީ އެ ސިޓީ އަށް ދަތުރު ކުރަމުންނެވެ. މި އެއާލައިން އިން ރާއްޖެއަށް ސީދާ ޗެންނާއީ އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވަ އެވެ.

އާބާދީގައި 4.6 މިލިއަން މީހުން ދިރިއުޅޭ ޗެންނާއީގައި ގިނަ ޓޫރިސްޓު އެޓްރެކްޝަން ތަކެއް ހުރެ އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި މެރީނާ ބީޗާއި ޗެންނާއީގައި އޮންނަ ހަރުފަ ޕާކް އަދި ޗެންނާއީ ލައިޓް ހައުސް ފަދަ ގިނަ ތަންތަން ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ޝޮޕިން މޯލްތައް ވެސް އެ ސިޓީގައި ހުރެ އެވެ.