ގދ. ގައްދޫގައި އެމްޑަބްލިއުއެސްސީން އަޅާފައި އޮތް ބޮޑު ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއްގައި ހައްޔަކުރި ބަޔަކު ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ގދ. ވާދޫ ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގައްދޫގައި އަލަށް އިމާރާތް ކޮށްފައިވާ ސްކޫލް ކައިރީގައި ފެން ކުންފުނިން ބާއްވާފައި އޮތް ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހަށް ހުށަހެޅީ މިދިއަ ހަފުތާގައި ކަމަށާއި އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ.
މި ތިން މީހުންގެ ބަންދުގެ މުއްދަތުވެއް ދީފައި ވަނީ އެއްވަރަކަށެވެ.