ހަބަރު

ވިލިނގިލީގައި ބޮޑުވި ފެންގަނޑު ހިންދާލައިފި

އިއްޔެ މެންދުރުން ފެށިގެން ގއ. ވިލިނގިލިއަށް ކުރި ވިއްސާރައާ ގުޅިގެން އެ ރަށުގައި ބޮޑުވި ފެންގަނޑު މިހާރު ހިންދާލެވިއްޖެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފި އެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކިއުޓިވް ހިސާން ހުސެއިން މިއަދު އަވަސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ވިލިނގިލީގައި ފެން ބޮޑުވި ކަމުގެ މައުލޫމާތު ލިބުމާއެކު އެރަށުގައި އޮންނަ ރެޑް ކްރެސެންޓް ޖަމިއްޔާ އަދި ފުލުހުންނާއި ސިފައިންގެ އެހީގައި ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރި ކަމަށެވެ.

ހިސާން ވިދާޅުވީ، މިހާތަނަށް އެންޑީއެމްއޭ އަށް ލިބިފައިވާ މައުލޫމާތުގައި ވާގޮތުން ހަތަރު ގެއަކަށް އިއްޔެ ގެއްލުންވި އެވެ. ނަމަވެސް ރަސްމީ މައުލޫމާތު އަދި އެރަށު ކައުންސިލުން ފޯރުކޮށެއް ނުދެ އެވެ.