އެމްޓީސީސީ

ދެ ދުވަސްތެރޭ އާޓިފިޝަލް ބީޗްގެ މޫދަށް އެރެވޭނެ: އެމްޓީސީސީ

އާޓިފިޝަލް ބީޗު- ދެ ދުވަސް ތެރޭ މޫދު ބެނުން ކުރެވޭވަރު ވާނެ- ފޮޓޯ: އަވަސް
0%
0%
0%

ބަންދުކޮށްފައިވާ ހެންވޭރު އާޓިފިޝަލް ބީޗުގެ މޫދު ދެ ދުވަސް ތެރޭގައި ބޭނުން ކުރެވޭވަރުވާނެ ކަމަށް އެ މަސައްކަތާއި ހަވާލުވި އެމްޓީސީސީން މިއަދު ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ސީއީއޯ ހަސަން ޝާހު މިއަދު ވިދާޅުވީ އާޓިފިޝަލް ބީޗުގެ މަސައްކަތް މި ރޯދަ މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭތޯ މަސައްކަތް ކުރާ ކަމަށެވެ. މަސައްކަތް ނުނިމި ލަސް ވާން މެދުވެރިވީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބައެއް އެއްޗެހި ގެނައުމުގެ މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އިތުރަށް އާޓިފިޝަލް ބީޗުގައި އިންދަން ޖެހޭ ރުއްތައް ހޯދުމުގައި ވެސް ދައްޗާ ކުރިމަތިވެފައިވާ ކަމަށް ޝާހް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން ކުރިއަށް އޮތް ދެ ދުވަސްތެރޭ މޫދަށް އެރެވޭވަރު ކޮށްދޭން މަސަައްކަތް ކުރަމުން މިދަނީ. މިރޯދަ މަސް ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލެވޭތޯ ބަލާނަން،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާޓިފިޝަލް ބީޗު ނުނިމި ދިގުލަނީ ބައެއް ދަތިތައް ހުރެގެނެވެ. އޭގެ ތެރޭގައި 40 ރުށް ގެންނަން ޖެހޭއިރު އެ ރުއްތައް ނުލިބުމާއި ލައިޓް ޕޯލްސް ތަކާއި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ގެނައުމުގައި މައްސަލައް ދިމާވުން ހިމެނެ އެވެ.

ޝާހު ވިދާޅުވީ މިހާރު އާޓިފިޝަލް ބީޗުގައި އިންދާފައި ހުރި ގަސްތަކަކީ ހުޅުމާލޭ ފޭސް ދެއަކުން ގެނެސްފައިވާ ގަސްތަކެކެވެ. ކަމަށެވެ.

ޓިފިޝަލް ބީޗު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 13 މިލިއަން ރުފިޔާ އަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހުސޭނުބެ

ކިތަށްދެދުވަސްތޯ ރޯދަމަސް އަދި ނުފެށެނީތޯ ކުރިން ބުނީ ރޯދަމަސް ފެށުމުގެ ކުރިން ހުޅުވާނެކަމަށް ތިކަލަ ނާގާބިލްދައުލަތުގެ މުހިންމު ދައުލަތުގެ ކުންފުނިތަކަށްލީމާ ވާނޭހާ ގޮތް މިވަނީ ސާހުތިބަލަނީ އަމިއްލަ ޖީބައް އެއްޗެއްލެވޭނެ ގޮތެއްވޭތޯ އަބަދުވެސް ދެން މަތި އޮމާން ކުރަން އިރުއިރުކޮޅާ ނޫސްތަކަށް އިންޓަވިއުދެނީ

ހުދުނާ

މިހާރު މިއޮތީ މޫދުގައި. ހެހެހހެހެހެެހ

ރޯނުބެ

މިސަރުކާރުން ތިހެން ޚިޔާލީ ފޮލާ ކައްކައިދޭތާ 100 ދުވަސް އަދިވެސް ހަމަނުވަނީތަ؟ ރޯދަމަހަށް އެސަރަޙައްދު ޕާކުހަދާ ދެޭނެއޭވެސް ކި. ދެ ދުވަސްތެރޭގައި މޫދަށް އެރެވޭ ގޮތް ނެހެދިޔަސް މިހާރުވެސް ގޮސް މޫދަށް އެރެވިދާނެ ދޯ؟ އެކަމަކު ޕްލޭންކުރިގޮތަކަށް ނުދާނެ.

ފާތުނަ.

އެރެވޭނެ މިހާރުވެސް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345