އާޓިފިޝަލް ބީޗް

އާޓިފިޝަލް ބީޗް ހުޅުވުން ޖުލައި މަހަށް

އާޓިފިޝަލް ބީޗް
0%
0%
0%

ބަންދުކޮށްފައިވާ ހެންވޭރު އާޓިފިޝަލް ބީޗުގެ މަސައްކަތް ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެތާނގެ މަސައްކަތް ކުރާ އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އަވަސްއަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ، މިހާރު އާޓިފިޝަލް ބީޗުގެ ފަތާ ސަރަހައްދުގެ މަސައްކަތް ނިމި އެތަން ހުޅުވާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ކުރަންޖެހޭ އިތުރު މަސައްކަތައް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އާޓިފިޝަލް ބީޗުގައި ހަރުކުރަން ނިންމާފައިވާ ލައިޓުތައް މިހާރު ރާއްޖެ ގަނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާޓިފިޝަލް ބީޗުގައި އިންދާ ރުކާއި ގަސްތައް މިހާރު ލިބިފައިވާ ކަމަށާއި، ބީޗުގެ ފާހަނާ ބަރީގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ޝާހު ވިދާޅުވީ، ޕާކެއްގައި ގޮތުގައި އަސަރަހައްދު ތަރައްގީ ކުރާތީ އުދޯލީގެ މަސައްކަތާއި، ހޮޅުއަށީގެ މަސައްކަތް ވެސް، މިހާރު ކުރާ ކަމަށެވެ.

ރޯދައަށް ބީޗް ހުޅުވާނެ ކަމަށް އެމްޓީސީސީއަށް ކުރިން ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނުނިމި ލަސްވީ، ރާއްޖެއިން ބޭރުން ގެންނަން ތަކެތި ނުލިބިގެނެވެ.

އާޓިފިޝަލް ބީޗު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 13 މިލިއަން ރުފިޔާ އަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345