ހަބަރު

އަސްކަރީ ގުޅުން ވަރުގަދަކުރަން އެމެރިކާއާއެކު މަޝްވަރާކޮށްފި

May 22, 2019
2

އެމެރިކާގެ އަސްކަރިއްޔާ އާއި ދިވެހި ސިފައިން ގުޅިގެން ކުރިއަށް ދިޔުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގަ އެވެ.

މިއަދު ޝަމާލު ވަނީ ޔޫއެސް އާމީ ޕެސިފިކްގެ ކޮމާންޑަރު ރޮބަޓް ބީ ބްރޮއުންއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އޭގެއިތުރުން ދިވެހި ސިފައިންނަށް އެމެރިކާގެ އަސްކަރިއްޔާގެ ފަރާތުން އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދުމާމެދު ވެސް މަޝްވަރާ ކުރެއްވި އެވެ.