ކ. ދިއްފުށީގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވުމުގެ ސަބަބުން އެކަކުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ، ދިއްފުށީގައި މިރޭ 7:30 ހާއިރު ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ދިއްފުށީ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ހަމަނުޖެހުން ހިނގާފައިވަނީ އެ ރަށު ގެއަކުން ވައްކަން ކުރި މީހަކު ހޯދަން ރައްޔިތުން ނުކުތުމުންނެވެ.