ހަބަރު

އިބްތިހާލްގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަނީ

އަނިޔާވެރި ގޮތަކަށް މަރާލި އިބްތިހާލް: މި ކުޑަކުއްޖާގެ ހަނދާނުގައި އަމިއްލަ ސޮސައިޓީއަކުން ވަނީ ގްރުއާން މުބާރާތެއް ބާއްވާން ނިންމާފައި
0%
0%
0%

މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި ރަހުމް ކުޑަ ގޮތަކަށް އަނިޔާކޮށް މަރާލި ކުޑަކުއްޖާ، މުހައްމަދު އިބްތިހާލުގެ ހަނދާނުގައި ގުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އުމުރުން ތިން އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަނދާނުގައި ސްކޫލް ކުދިންނަށް ހާއްސަ ގުރުއާން މުބާރާތެއް ބާއްވަނީ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން އެ ސޮސައިޓީއަށް 10 އަހަރު ފުރުމާ ވެސް ގުޅުވައިގެނެވެ.

އެ ސޮަސައިޓީގެ ޗެއާމަން އަބްދުލް ހަމީދު މިއަދު ވިދާޅުވީ މި ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިއަ ބުދަ ދުވަހު ހުޅުވާލައި މިއަދު މެންދުރަށް ވަގުތު ހަމަވި ނަމަވެސް މިރޭ 8:00 ޖެހުމާ އެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.
-- މިހާތަނަށް ބައިވެރިވެފައި ވަނީ 140 ދަރިވަރުންނެވެ.

ހުޅުމާލޭގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެވެނީ ވެސް ހަމައެކަނި ހުޅުމާލޭގެ ސްކޫލްތަކުގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށެވެ. މުބާރާތުގައި ހަ އަހަރުން ފެށިގެން 15 އަހަރުގެ ދަރިވަރުންނަށް ބައިވެރިވެ އެވެ.

ހަމީދު ވިދާޅުވީ، އިބްތިހާލްގެ ހަނދާނުގައި ގުރުއާން މުބާރާތް ބާއްވަނީ މަރާލަމުންދާ އެ ފަދަ ކުދިންގެ ހަނދާންތައް އާކޮށް ދިނުމާއެކު އިބްތިހާލްގެ ހަނދާންތައް އާކުރުން ކަމަށެވެ.

އިބްތިހާލަށް އަނިޔާކޮށް މަރަލީ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކެވެ. އޭނާގެ ޝަރީއާތް އަދި ވެސް ކޯޓްގައި ހިނގަމުން އެބަދެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345